Maldives Meteorological Service
Wed, 07 September

ސުނާމީ އިންޒާރުދޭ ނިޒާމު ޓެސްޓް ކުރުން

2016 ސެޕްޓެމްބަރ 7 އަދި 8 ގައި އިންޑިއާ ކަނޑުގެ ބައެއް ޤައުމު ތަކުގައި ސުނާމީ އިންޒާރުދޭ ނިޒާމު ޓެސްޓް ކުރުމުގެ ގޮތުން ޓެސްޓް މެސެޖް ފޮނުވާ އަދި ފަރިތަ ކުރުމުގެ ގޮތުން ޑްރިލް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. ނަމަވެސް މިފަހަރު ދިވެހި ރާއްޖޭގައި މިފަރިތަ ކުރުން ބާއްވާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. މިކަމުގެ މަޢުލޫމާތު ލިބޭ ފަރާތްތަކުން އެހެން ޤައުމު ތަކުގައި އެހިންގަނީ ޓެސްޓެއްކަމާއި ހަގީގީ ޙާދިސާއެއް ނޫންކަން އެގިވަނޑައިގެން ތިއްބެވުން މުހިންމެވެ.