Maldives Meteorological Service
Sat, 08 October

އަލިފާން ނިއްވަން ދަސްކޮށްދޭ ތަމްރީން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސްއާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މުވައްޒަފުންނަށް އަލިފާން ނިއްވަން ދަސްކޮށްދޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. މި ތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 8 އަދި 9 އޮކްޓޯބަރ 2016 ހޮނިހިރު އަދި އާދީއްތަ މިދެދުވަހު ކޮންމެ ދުވަހަކުވެސް ހެނދު 09:00 އިން 11:00 އަށް ހުޅުލޭގައެވެ. މިތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސްގެ ކަމާގުޅޭ މާހިރުން މެޓް އޮފީހަށް ޒިޔާރަތްކޮށް މެޓް އޮފީހުގެ ބޭފުޅުންނަށް މިތަމްރީނު ކުރިއަށް ގެންދާ ގޮތަށެވެ.

ތަމްރީންގެ ބޭނުމަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގައި އުޅުއްވާ މުވައްޒަފުންނަށް އަލިފާނުގެ ސަބަބުން ދިމާވާ ކާރިސާތަކުން މީހުންނާއި މުދާ ސަލާމަތް ކުރާނެގޮތް ކިޔައިދީ އަލިފާނުގެ ހާދިތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމެވެ. މި ތަމްރީނުގައި ކޮންމެ ދުވަހަކުވެސް އެއްގަޑި އިރުގެ ތިއަރީ ކުލާހަކާއި އެއްގަޑި އިރުގެ ޢަމަލީ ބައެއް ކުރިއަށްދާނެއެވެ. ތަމްރީނުގެ ފުރަތަމަ ދުވަހުގެބައި ވަރަށް ކާމިޔާބުކަމާއެކީ މިއަދުވަނީ ކުރިއަށް ގެންގޮސް ނިމިފައެވެ.