Maldives Meteorological Service
Sat, 05 November

މޫސުމާއި ބެހޭ ޙަބަރު

 

މޫސުމާއި ބެހޭ ޚަބަރު

                             

           ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ މިސަރަޙައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. ވޭތުވެދިޔަ 24 ގަޑިއިރު ވިއްސާރަ އެންމެބޮޑަށް ކޮއްފައިވަނީ ދެކުނުގެ އަތޮޅުތަކަށެވެ. މިގޮތުން އިއްޔެ މެންދުރު 12:00 އިން މިއަދު މެންދުރު 12:00 އާއި ހަމައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ.ކައްދޫއަށް އެއީ 93 މިލިމީޓަރުގެ ވާރޭ އެވެ. އަދި ވައި އެންމެ ގަދަވީ އައްޑުއަތޮޅުގަމަށެވެ. އެއީ ގަޑިއަކު 54 މޭލުބާރުމިނަށެވެ.

           ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. ޢާއްމުގޮތެއްގައި ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ ކަނޑުތަށް ގަދަވެފަ ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ.

 

ބޯކޮށް ވާރޭވެހި، ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ ޢާއްމުކޮށް ހުރިހާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަމެވެ.

 

                      05 ނޮވެމްބަރ 2016