Maldives Meteorological Service
Tue, 14 February

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ރީޖަނަލް އެސޯސިއޭޝަން II ގެ 16 ވަނަ ބައްދަލުވުން

ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާގެ އަސާސީ ޕްރޮގްރާމްތަކަށް މުހިންމު ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ގޮވާލަމުން އެޖަމްޢިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ރީޖަނަލް އެސޯސިއޭޝަން II ގެ 16 ވަނަ ބައްދަލުވުން 12 ފެބުރުއަރީ 2017 ގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (UAE) ގެ އަބޫދާބީގައި ފެށިއްޖެއެވެ. މިޖަލްސާ ހުޅުއްވައި ދެއްވީ ރީޖަނަލް އެސޯސިއޭޝަން II ގެ ރައީސް ޢަބުދުﷲ މުޙައްމަދު އަލްމަންނައިއެވެ. މިބައްދަލުވުމުގައި 23 މެމްބަރު ޤައުމާއި 2 އޮބްޒާވަރ ޤައުމުން 100 މަންދޫބުން ބައިވެރިވިއެވެ. މިބައްދަލުވުމުގައި ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާ ރިފޯރމް ކުރުމާއި ބެހޭގޮތުން ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޕެޓްރީޓަލަސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަބުދުﷲ މަޖީދު ދިވެހިރާއްޖެއާއި ކުދި ޖަޒީރާ ޤައުމު ތަކުގެ މައްސަލަ ތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މިއަދު (14 ފެބްރުވަރީ 2017 ވަނަދުވަހު) މެންދުރުފަހު ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އާއި ސްޓޭޓް މިނިސްޓަރ ބައްދަލު ކުރައްވައި މީޓިއޮރޮލޮޖިކަލް ސާރވިސް އަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، ފަންނީ އެހީތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.