Maldives Meteorological Service
Sun, 11 March

މޫސުމާބެހޭ ޚަބަރު

ރާއްޖޭގެ އިރުުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި މިއަދު ވަނީ ކޮޅިގަނޑެއް އުފެދިފައެވެ. މިކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހެމުންދާނެކަމަށް ލަފާކުރެވެއެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުމާއެކުު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.


ބޯކޮށް ވާރޭވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ޢާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަމަވެމެވެެ.

     

11 މާރިޗު 2018