Maldives Meteorological Service
Wed, 01 August

މޯލްޑިވްސް މީޓީއޮރޮލޮޖިކަލް ސަރވިސްގެ ޚިދުމަތްތަށް 44 އަހަރުފުރުން

ނަމްބަރ: 93-PWS/FC/2018/25

ޚަބަރު  

މޯލްޑިވްސް މީޓީއޮރޮލޮޖިކަލް ސަރވިސްގެ ޚިދުމަތްތަކުގެ ތެރެއިން ވަރަށް މުހިއްމު އެއް ޚިދުމަތްކަމަށްވާ، ވައިގެ ދަތުރުފަތުރަށް މޫސުމީ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓައި، ހުޅުލޭ ގައި މީޓިއޮރޮލޮޖިކަލް އޮފީހެއް ޤާއިމުކުރެވުނީ 1974 އޯގަސްޓް 01ވަނަ ދުވަހުއެވެ.

މިޚިދުމަތަށް 44 އަހަރު މިއަދު ފުރޭއިރު، މިދާއިރާއިން ހޯދިފައިވާ މުހިއްމު ކުރިއެރުންތައް ފާހަގަކުރަމެވެ. އެގޮތުން ބައިނަލްއަޢްވާމީ މިންގަނޑުތަކަށް މިޚިދުމަތް ފެއްތުމަށް ކުރެވުނު މަސައްކަތުން ISO 9001:2008  ވަނީ 05 ޑިސެމްބަރ 2016ގައި ހާސިލުކުރެވިފައެވެ. އަދި މީގެ އިތުރުން ހުޅުލޭގައި ހަރުކުރެވިފައިވާ ޑޮޕްލަރ ވެދަރ ރޭޑަރ މަރާމާތުކުރެވި ބޭނުންކުރަން ފެށުމާއި، ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރެވި މޫސުމީ މައުލޫމާތު އެއްކުރުމުގެ ވިއުގަ ފުޅާކުރެވިފައިވާކަން ފާހަގަކުރެވެއެވެ. ފަންނީ ކުރިއެރުމުގެ ތެރޭގައި އިންސާނީ ވަސީލަތް އިތުރުކުރުމާއި މަސައްކަތް ފުޅާކޮށް ޚިދުމަތް ހޯދާ ފަރާތްތަކާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ މިސަރވިސްގެ އަމާޒެވެ.

މިފުރުސަތުގައި މިސަރވިސްގެ މަސައްކަތްތަކުގައި އެއްބާރުލެއްވުން ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށް ކުރިމަގުގައި މިދާއިރާއަށް އިތުރުކުރި އެރުމަށް އެދެމެވެ.

 

01 އޯގަސްޓް 2018