Maldives Meteorological Service
Sun, 11 August

Brief on current weather activity over Maldives. 11 August 2019

ޚަބަރު

ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ވޭތުވެދިިޔަ 24 ގަޑިއިރު (10 އޮގަސްޓް 20:00އިން 11 އޮގަސްޓް 20:00) ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ ދޭތެރެ ދޭތެރެއިން ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހިފައިވޭ.  މިގޮތުން އެންމެ ގިނައިން ވާރޭ ވެހުުނު ކަމަށް ރެކޯޑްކުރެވިފައި ވަނީ އައްޑޫ އަތޮޅު ގަމަށް 114 މިލިމީޓަރުގެ ވާރޭ. އެންމެ ބާރަށް ވައި ޖެހުނުކަމަށް ރެކޯޑްކުރެވުނީ ގަޑިއަކު 51 މޭލު ބާރުމިނުގައި ކ.ހުޅުލެއަށް.  

ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެެވޭ. ދެކުނުު އަތޮޅުތަކަށް  ވައި ޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން އަދި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާ 23 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ. 

ވީމާ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަލާލުވުމަށް ދަންނަވަމެވެ.

07 ޛުލްޙިއްޖާ 1440

11 އޮގަސްޓް 2019