Maldives Meteorological Service
Thu, 07 November

ޓުރެއިނިން އޮން މެސޯސްކޭލް ވެދާ ފޯކާސްޓިން

ގްރީން ކްލައިމެޓް ފަންޑްއިން ހިންގާ " މޫސުމީ ބަދަލުތަކާ ގުޅިގެން ފެނުގެ ދަތިތައް ތަހައްމަލް ކުރަންޖެހޭ ރައްތަކަށް ބޯފެންލިބުމުގައި ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީވެދޭ " ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު ނޮވެމްބަރު 4  ން 14 އަށް މިއޮފީހުގައި " ޓުރެއިނިން އޮން މެސޯސްކޭލް ވެދާ ފޯކާސްޓިން " ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް އެބަގެންދެވެއެވެ. މި ޕުރޮގްރާމުގައި ކިޔަވައިދެއްވަނީ ރީޖަނަލް މަލްޓިހަޒާޑް އާލީވޯނިން ސިސްޓަމް ފޯ އެފްރިކާ އެންޑް އޭޝިޔާ (RIMES) ގެ 3 ތަޖުރިބާކާރުންނެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ފަރާތުން ޖުމްލަ 15 މުވައްޒަފަކު މި ޕްރޮގްރާމްގައި ބައިވެރިވެއެވެ.