Maldives Meteorological Service
Tue, 16 February

މޫސުމާއި ބެހޭ ޚަބަރު

 

މޫސުމާއިބެހޭ ޚަބަރު


ބޭއޮފް ބެންގޯލްގެ މެދުތެރޭ ހިސާބުގައި އުފެދިފައިވާ ލޯޕްރެޝަރ އޭރިއާއާއި ގުޅިގެން  ފެބުރުއަރީ 17 ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރުތެރޭ ރާއްޖޭގެ އެކިހިސާބަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ  ކަމަށް ލަފާކުރެވެއެވެ. އަދި ދޭތެރެ ދޭތެރެއިން ވާރޭވެހި، ގުގުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިގޮތުން މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް އެވްރެޖް ގޮތެއްގައި އުތުރާއި އިރު އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވެއެވެ.

ވީމާ އާންމުކޮށް އެންމެހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

 

 

7  ޖުމާދަލް އޫލާ 1437

 16 ފެބުރުއަރީ 2016