Maldives Meteorological Service
Thu, 03 March

މޫސުމާއިބެހޭ ޚަބަރު

މޫސުމާއިބެހޭ ޚަބަރު

ރާއްޖޭގެ ސަރަޙައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފުގެ ސަބަބުން ރެއާއި މިއަދު ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮއްފައިވެއެވެ. އަދި ރޭ ދަންވަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިފައިވެއެވެ. މިގޮތުން އިއްޔެ މެންދުރުފަހު 02:00 އިން މިއަދު މެންދުރު ފަހު 02:00 އާއި ހަމައަށް އައްޑުސިޓީގެ ގަމަށް 204.00  މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫސިޓީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވެއެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް ރޭ ދަންވަރު 02:45 ގައި ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

   ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވޭނެކަމަށް ލަފާކުރެވޭތީ، ޢާންމުކޮށް އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

                      23 ޖުމާދަލް އޫލާ 1437

                       03   މާޗް   2016