Maldives Meteorological Service
Sat, 09 July

މޫސުމާ ބެހޭ ޚަބަރު

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގުމޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރިއަށް އޮަތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ވައިގަދަވެ ކަނޑުތަށްވެސް ގަދަވާނެކަމަށް ލަފާކުރެވެއެވެެެ. އަދި ރާއްޖޭގެ ކަނޑުތަކުގައި ބާނި ބޮޑުވެފައި ވާތީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވެއެވެ.   

ކުރިއަށްއޮތް 24 ގަޑިއިރަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށްވާރޭވެހޭނެއެވެ. ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގުބާރުމިނުގައި އަދި އެހެންހިސާބުތަކުގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ. ރާއްޖޭގެ ކަނޑުތަށް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ، އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ޢާއްމު ގޮތެއްގައި ގަދަވާނެއެވެ. ވީމާ ހުރިހާ ފަރާތްތަކުން އަދި ޙާއްސަގޮތެއްގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށްދަންނަވަމެވެ.

 

09  ޖުލައި 2016