Thu, 25 April

ޓެލެވިޒަން ވެދާ ޕުރެޒެންޓޭޝަން ޓުރެއިނިން ވޯކްޝޮޕެއް މެޓްއޮފީހުގައި ބޭއްވުން

2005 ނޮވެމްބަރު 11 ގައި ކުޑަގޮތަކަށް ފަށައިގަނެވުނު ޓެލެވިޒަން ވެދާ ޕުރެޒެންޓޭޝަނު ގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަމަސައްކަތް ތަކެއް އަބަދުވެސް ކުރެވެމުންދެއެވެ. އެގޮތުން ވެދާ ސުޓޫޑިއޯގެ ފެންވަރު ރަނގަޅުކޮށް ހައި ކޮލިޓީގައި މޫސުން ރެކޯޑު ކުރެވޭ ފެންވަރަށް މިވަނީ މެޓް އޮފީހުގެ ވެދާ ސްޓޫޑިއޯ އަޕްގުރޭޑް ކުރެވިފައެވެ. ފަހުގެ ޓެކްނޮލޮޖީއަށް ގެނެވޭ ބަދަލުތައް ޕުރެޒެންޓް ކުރުމުގައި ބޭނުންކޮށް ވެދާ ޕުރެޒެންޓޭޝަންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ވޯލްޑް މީޓީއޮރޮލޮޖިކަލް އޯގަނައިޒޭޝަންގެ އެހީ ތެރިކަމާއެކު މެޓްއޮފީހުގައި 5 ދުވަހުގެ ( 21-25 އޭޕްރީލް) ވެދާ ޕުރެޒެންޓޭޝަން ޓުރެއިނިން ވޯކްޝޮޕް ހިންގުނެވެ. މި ވޯ ކްޝޮޕް ނިންމުގެ ރަސްމިއްޔާތުގައި މިއަދު ( 25 އޭޕްރީލް) މިނިސްޓްރީ އޮފް އެންވަޔަރުމެންޓުގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޞިލް އަޖްވަދު މުސްތަފާ މެޓްއޮފީހުގެ މަސައްކަތް ތަކަށް ގެެނެސްފައިވާ ކުރިއެރުންތައް ފާހަގަކޮށް އެކަމަށް ތަޢުރީފު ކުރެއްވިއެވެ. އަދި މިފަދަ ވޯކްޝޮޕެއް މެޓްއޮފީހުގައި ބާއްވައިދެއްވި ކަމަށްޓަކައި ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޕުރޮފެސަރ ޕެޓެރީ ތާލަސް އަށް ޝުކުރުދެންނެވިއެވެ. މި ޓްރެއިނިން ވޯކްޝޮޕްގައި މެޓްއޮފީހުގައި މިހާރު މޫސުން ޕުރެޒެންޓް ކުރައްވާ 9 މުވައްޒަފަކު ބައިވެރިވިއެވެ. މި ވޯކްޝޮޕްގެ ސަބަބުން ވެދާ ޕުރެޒެންޓަރުން ޕުރެޒެންޓްކުރުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ މިއޮފީހުން ޢާއްމުރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެން ދާނެއެވެ.

 

20 ޝަޢުބާން 4401

25 އެޕްރީލް 2019