Sun, 22 March

ދުނިޔޭގެ މޫސުމާ ބެހޭ ދުވަސް ،23 މާރިޗު 2020

" ކޮވިޑް-19 " ގެ ވަބާ ދުނިޔެއަށާއި ރާއްޖެއައަށް ކުރިމަތިވެފައި ވާ މިދަނޑިވަޅުގައި ވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގެ ހީވާގި މުވައްޒަފުން ދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ. މި އަހަރު ދުނިޔޭގެ މޫސުމާބެހޭ ދުވަސް (23 މާރިޗް) ފާހަގަކުރަމުން މިދަނީ އިޖުތިމާއީ ގައިދުރުކަން ދަމަހައްޓަމުން ބައެއް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަމުންނެވެ. މިއަހަރަށް ކަނޑައަޅާފައިވާ ޝިޔާރަކީ “Climate and Water“ އެވެ. ސާފު ފެނަކީ ދިރިހުރުމުގެ މައިގަނޑު އެއް އަސާސެވެ. ދެމެހެއްޓެނެވިގޮތެއްގައި ފެން މެނޭޖްކުރުމަށް މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމާއި ކުރިއަށް ލަފާކުރުމުގެ ކަންތައް އިތުރަށް ހަރުދަނާކުރަން ޖެހެއެވެ.