Sun, 10 May

މޫސުމާއިބެހޭ ޚަބަރު

ރާއްޖޭގެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަންފެށުމާއި ގުޅިގެން، ރެއާއި މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއްރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިފައިވެއެވެ. މިވިއްސާރައިގައި މިހާތަނަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. މަކުނުދޫއަށެވެ.  އެއީ 100 މިލިމީޓަރުގެ ވާރޭއެވެ. އަދި އިއްޔެ ދ.ކުނޑަހުވަދުއަށް 57 މިލިމީޓާރުގެ ވާރޭ، ތ.ވޭމަންޑޫއަށް 53 މިލިމީޓަރުގެ ވާރޭ އަދި ށ.ފުނަދުއަށް 40 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ. މީގެ އިތުރުން މިއަދު ހެދުނު އައި ވިލާގަނޑުގައި ގދ. ކާޑެއްދުއަށް 40 މޭލަށް ވައިގަދަވެފައިވެސް ވެއެވެ.

 

  21 ރަޖަބް 1436  

10 މެއި 2015