Tue, 22 September

ދިޔަވަރާއިބެހޭ

މިހިނގާ ސެޕްޓެމްބަރ މަަހުގެ 28ވަނަދުވަހަކީ ހަނދުކޭތަ ހިފާދުވަހެކެވެ. މިގޮތުން ހަނދާއި ދުނިޔެ އަދި އިރު އެއްލައިންއަކަށް ދިމާވެ، ހަނދު ދުނިޔެއާއި ކާރިވުމުން (ޕެރިޖިއަން)  ކަނޑުގެ ދިޔަވަރު އާދަޔާއިޚިލަފަށް ބޮޑުވެއެވެ. އަދި މީގެސަބަބުން މިދުވަސްވަރު އޮއިިގަދަވާގޮތް ދިމާވެއެވެ. މިގޮތަށް ދިމާވުމުން ރާއްޖެއާއި ދުރުން އުފެދިގެން އަންނަ ބާނިތަކާއި ރާޅުތަކުގެ ސަބަބުން މިމަހުގެ 25 ން 30 އާއިދެމެދު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް އިންޑިޔާގެ ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސާވިސް (އިންކޮއިސް) އިން ލަފާކޮށްފައިވެއެވެ. މީގެއަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ދިޔަވަރު އެންމެބޮޑުވެގެންދާ ގަޑީގައެވެ. މިގޮތުން  މިމަހުގެ 28، 29، 30 މި ތިންދުވަހު ދިޔަވަރު އެންމެބޮޑުވާވަގުތު ރާއްޖޭގެ އެކިހިސާބުތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެއެވެ.