މޫސުމާއި ބެހޭ ޚަބަރު
މޫސުމާއިބެހޭ ޚަބަރު
ބޭއޮފް ބެންގޯލްގެ މެދުތެރޭ ހިސާބުގައި އުފެދިފައިވާ ލޯޕްރެޝަރ އޭރިއާއާއި ގުޅިގެން ފެބުރުއަރީ 17 ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރުތެރޭ ރާއްޖޭގެ އެކިހިސާބަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ދޭތެރެ ދޭތެރެއިން ވާރޭވެހި، ގުގުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިގޮތުން މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް އެވްރެޖް ގޮތެއްގައި އުތުރާއި އިރު އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވެއެވެ.
ވީމާ އާންމުކޮށް އެންމެހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.
7 ޖުމާދަލް އޫލާ 1437
16 ފެބުރުއަރީ 2016