Sun, 28 August

މޫސުމާ ބެހޭ ޚަބަރު

ރާއްޖޭގެ ސަރަޙައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ބާރުގަދަވުމާ ގުޅިގެން ރާއްޖޭގެ ބޮޑުބަޔަކަށްދަނީ ވިއްސާރަ ކުރަމުންނެވެ. މިގޮތުން ވެއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ގދ. ކާޑެއްދުއަށް 94 މިލިމީޓަރުގެ ވާރޭ އަދި ލ. ކައްދުއަށް 92 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ. ވައި އެންމެ ގަދަވި ކަމަށް ރެކޯޑް ކުރެވިފައިވަނީ ގަޑިއަކު 44 މޭލު ބާރުމިނުގައި  މާލެއަށެވެ.

މިވިއްސާރަ ކުރިއަށްއޮތް 4 ދުވަހުވެސް ރާއްޖޭގެ އެކިހިސާބަށް ކުރާނެ ކަމަށް ލަފާކުރެވެއެވެ. ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގުބާރުމިނުގައެވެ. އަދި އެހެންހިސާބުތަކުގައި ހުޅަނގާއި ހުޅނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު  45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ ކަނޑުތަށް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަވާނެއެވެ. ވީމާ ހުރިހާ ފަރާތްތަކުން އަދި ޙާއްސަގޮތެއްގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށްދަންނަވަމެވެ.

 

28  އޯގަސްޓް 2016