ފެންސުމީ އަރައްކާ
ދަރުނީ އަދި ސުނާމީ އަރައްކާ
އަރައްކާ
ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވުން
1 ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރު
ގުގުރުން
ފާހަގަކުރެވޭ ވަރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުން
ވައި އަދި ކަނޑު
ފާއިތުވި 3 ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން
ވިލާގަނޑުގައި ވައިގަދަވުން
ގަޑިއަކު 50 މޭލު
އުދަ
އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (އަސަރުކުރާނެވަރު ކުޑަކަމަށް ބެލެވުން)
ތޫފާން
އުތުރު އިންޑިއާ ކަނޑުގައި އުފެދޭ ތޫފާނުތަކުގެ ކަންކަން ބަލާ ރީޖަނަލް ސްޕެޝެލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރއިން ލަފާކުރާ ގޮތުން ތޫފާނުގެ މެދު، 5° ދެކުނު - 10° އުތުރު، 66° އިރު - 81° އިރު ގޮޅީގެ އެތެރެއަށް ވަނުން
ބިންހެލުން
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 6 އަށް ވުރެ ބާރުގަދަ ބިންހެލުމެއް ނުވަތަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 7 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން
ސުނާމީ
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 8 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން ނުވަތަ ރާއްޖެއަށް ކުޑަ ގެއްލުން ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުނުކަން ޔަގީންވުން
އަރައްކާ
ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވުން
އެއް ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 100 މިލިމީޓަރު
ގުގުރުން
ބާރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުން
ވައި އަދި ކަނޑު
ފާއިތުވި 3 ގަޑިއިރު 25 - 30 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 28 - 35 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން
ވިލާގަނޑުގައި ވައިގަދަވުން
ގަޑިއަކު 55 މޭލު
އުދަ
އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (މަދުވެގެން 5 ރަށަށް އަސަރުކުރުން)
ތޫފާން
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ތޫފާން ރާއްޖެމަތިން ހުރަށް ކުރާނެކަމަށް ލަފާކުރެވުން
ބިންހެލުން
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 7 އަށް ވުރެ ބާރުގަދަ ބިންހެލުމެއް ނުވަތަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 8 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން
ސުނާމީ
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 9 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން ނުވަތަ ރާއްޖެއަށް ގެއްލުން ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުނުކަން ޔަގީންވުން
އަރައްކާ
ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވުން
1 ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރު
ގުގުރުން
އާދަޔާ ހިލާފަށް ބާރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުން
ވައި އަދި ކަނޑު
ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން
ވިލާގަނޑުގައި ވައިގަދަވުން
ގަޑިއަކު 63 މޭލު
އުދަ
އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (މަދުވެގެން 10 ރަށަށް އަސަރުކުރުން)
ތޫފާން
ކުރިއަށް އޮތް 12 ގަޑިއިރު ތެރޭ ތޫފާން ރާއްޖެމަތިން ހުރަސް ކުރާނެކަމަށް ލަފާކުރުން
ބިންހެލުން
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 8 އަށް ވުރެ ބާރުގަދަ ބިންހެލުމެއް ނުވަތަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 9 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން
ސުނާމީ
ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުގައި އުފެނުކަން ޔަގީންވުން
އަރައްކާ
ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވުން
6 ގަޑިއިރުތެރޭ 180 މިލިމީޓަރު
ގުގުރުން
-
ވައި އަދި ކަނޑު
ފާއިތުވި 3 ގަޑިއިރު 40 މޭލަށް ވުރެއް ބާރަށް ނުވަތަ ފާއިތުވި 1 ގަޑއިރު 42 މޭލަށް ވުރެއް ބާރަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން
ވިލާގަނޑުގައި ވައިގަދަވުން
ގަޑިއަކު 70 މޭލު
އުދަ
ބޮޑެތި ގެއްލުންތަކާއި އެކު ބޮޑު ސަރަހައްދަކަށް އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް
ތޫފާން
ކުރިއަށް އޮތް 6 ގަޑިއިރު ތެރޭ ތޫފާން ރާއްޖެމަތިން ހުރަށް ކުރާނެކަމަށް ލަފާކުރެވުން
ބިންހެލުން
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 9 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން
ސުނާމީ
ރާއްޖެއަށް އާދަޔާ ހިލާފު ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުގައި އުފެނުކަން ޔަގީންވުން
ރާއްޖެ އުފެދިފައިވާ ސަރަޙައްދުގެ ގޮތުން އަހަރުގެ ތެރޭގައި އޮންނަނީ މައިގަނޑު 2 މޫސުމެވެ. އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. އިރުވައި މޫސުން ޢާންމުކޮށް ލައިގަންނަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިމޫސުން މާރިޗް މަހުގެ ނިޔަލައް ދެމިގެން ދެއެވެ. ހުޅަނގުމޫސުން ޢާންމުގޮތެއްގައި މެއި މަހުގެ މެދެއްހާ ހިސާބުގައި ލައިގަނެ ނޮވެމްބަރު މަހުގެ ނިޔަލަށް ދެމިގެންދެއެވެ. ހުޅަނގު މޫސުމުގައި ޢާންމުކޮށް ހުޅަނގުން ވައިޖެހި ވާރޭވެހުން ގިނަވާނެއެވެ. އިރުވައި މޫސުމަކީ ޢާންމުކޮށް ވާރޭވެހުން މަދު، ގިނަވަގުތުތަުގައި އުޑުމަތި ސާފު އަދި ހުޅަނގުމޫސމުގެ ދުވަސްތަކާ އަޅާބަލާއިރު ހޫނު ގަދަ ކަމަށް ފާހަގަުރެވޭ ދުވަސްތަކެކެވެ.
ރާއްޖޭގެ 3 ސަރަޙައްދަކުން ނެގޭ ދިޔަވަރު ޑޭޓާގެ މައްޗައް ބިނާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ދިޔަވަރު ބޮޑުވާނެ އަދި ދިޔަވަރު ހިކޭނެ ކަމަށް ލަފާކުރެވޭ ގަޑިތައް އެކުލެވޭ ޗާޓު ރާއްޖޭގެ 3 ސަރަޙައްދަކަށް ވާނީ ތައްޔާރުކުރެވިފައެވެ. އެގޮތުން ރާއްޖޭގެ އުތުރަށް ނިސްބަތްވާ ސަޙައްދުތަުގައި ބޭނުންކުރުމަށް ހދ.ހަނިމާދޫ ދިޔަވަރު ޗާޓު، މެދުރާއްޖެތެރެއަށް ނިސްބަތްވާ ސަރަޙައްދުތަކުގައި ބޭނުންކުރުމަށް ހުޅުލޭގެ ދިޔަވަރު ޗާޓު އަދި ދެކުނަށް ނިސްބަތްވާ ސަރަޙައްދުތަުގައި ބޭނުންކުރުމަށް އައްޑޫސިޓީގެ ގަމުގެ ދިޔަވަރު ޗާޓު ބޭނުން ކުރެވިދާނެއެވެ. މި މަޢުލޫމާތު ހޯދުމަށް މި ވެބްސައިޓުގެ ޑޭޓާ ރިކުއެސްޓް ބައިން ނުވަތަ nmc@met.gov.mv އަށް އީމެއިލް ކޮށްގެންވެސް ލިބެން ހުންނާނެއެވެ.
އަޅުގަނޑުމެންގެ މޮބައިލް އެޕް މެދުވެރޮކޮށް ރާއްޖޭގެ އެންމެފަހުގެ މޫސުމާބެހޭ މަޢުލޫމާތު ބައްލަވައިލެއްވޭނެ. މީގެ އިތުރުން މި ވެބްސައިޓް އާއި އަޅުގަނޑުމެންގެ ސޯޝަލް މީޑިޔާ ފެސްބުކް އަދި ޓުވިޓާ މެދުވެރިކޮށްވެސް މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ބައްލަވާ ލެއްވޭނެ. ރެކޯޑު ކުރެވިފައިވާ އެންމެފަހުގެ މޫސުން އަޑުއައްސަވާލަން ބޭނުންފުޅުނަމް 3317171 އަށް ގުޅާލުމުންވެސް އެންމެފަހުގެ މޫސުން ލަފާކުރެވޭގޮތް އިވި ވަޑައިގަންނާނެ. މީގެ އިތުރުން ޓީވީ.އެމް، ވީ.ޓީވީ އަދި ދިވެިި ޓީވީ ޗެނަލް ރޭގަނޑު ޚަބަރަށް ފަހު ވެސް މޫސުން ގެނެސްދެވޭނެ.
"ވާރޭފެން ނެގޭނެ ކަމަށް ލަފާކުރެވޭސަރަޙައްދު" އަންގައިދޭ ނޯޓިފިކޭޝަން މެސްޖަކީ "މޫސުން" މޮބައިލް އެޕް އަށް އިތުރުކުރެވުނު ފަންކްޝަނެއް. މި މެސެޖުން ދައްކުވައިދޭނީ ވާރޭފެން ނެގުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކުރެވޭ ސަރަޙައްދު. މި ސަރަޙައްދުގެ އެކި ރަށް ރަށަށް ވެހޭ ވާރޭގެ މިންވަރު ތަފާތުވާނެ. އެހެން ކަމުން ފެން ނެގޭނެ މިންވަރުވެސް ތަފާތު ވާނެ. އެގޮތުން ނޯޓިފިކޭޝަން ފޮނުވޭ ސަރަޙައްދުގެ ބޮޑުބަޔަކަށް 20-30 މިލިމީޓަރަށް ވުރެން ގިނައިން ވާރޭ ވެހޭނެކަމަށް ފޯކާސްޓް ކުރެވޭނަމަ މި ނޯޓިފިކޭޝަން މެސްޖް ނެރެވޭނެ.
ބޯކޮށް ވާރޭވެހުނެ
ރާއްޖެއަށް ޢާއްމުކޮށް ދިގު ދެމިގެންދާގޮތަށް ބޯކޮށް ވާރޭވެހެނީ ހުޅަނގުމޫސުމުގެ ދުވަސްތަކުގައެވެ. އިރުވައިމޫސުމުގެ ދުވަސްތަކުގައިވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މަދުން ނަމަވެސް ބޯކޮށް ވާރޭވެހެއެވެ.
ފެންބޮޑުވުން
ރާއްޖޭގެ ބައެއްރައްތަކަކީ އެ ރައްތައް އުފެދިފައިވާގޮތުން ފަސޭހައިން ފެން ބޮޑުވާ ރައްރަށެވެ. މި ރައްތަކުގައި ފެންބޮޑުވާން މެދުވެރިވާ މައިގަނޑު ދެ ސަބަބެއް ވެއެވެ. އެއީ ބޯކޮށް ވާރޭވެހިގެންނާ އި އުދަ އެރުމުގެ ސަބަބުންނެވެ. ކުޑަވަގުތުކޮޅެއެްގައި ބޯކޮށް ވާރޭވެހުމުން ފެންބޮޑުވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ފެން ބޮޑުވުމުގެ ސަބަބުން ދަނޑުބިންތަކާއި ގޭގައި ހިފާ ގެންގުޅޭ ސާމާނަށް އެކިވަރުގެ ގެއްލުން ލިބެއެވެ.
ވައިގަދަވުން
ހުޅަނަގު މޫސުމާއި އިރުވައި މޫސުމުގައިވެސް ރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަ ކުރެއެވެ. އެހެންނަމަވެސް ގަދަވަޔާއެކު ދިގުދެމިގެންދާގޮތަށް ވިއްސާރަކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގެ ހަޅައާއި ގުޅިގެން ގިނަދުވަސްތަކެއްވަންދެން އާންމުކޮށް ބާރަށް ވައި ޖެހެމުން ދެއެވެ. މިގޮތަށް ވައިގަދަވުމުން ރުއްގަސް ވެއްޓި، ގޭގޭގެ ފުރާޅުތައް އެއްލައިލާ، ފުރާޅު މައްޗަށް ރުއްގަސް ވެއްޓުން ފަދަ ހިތާމަވެރި ހާދިސާތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ދަނޑުބިންތަކުގައި އުހަށް ހެދިފައި ހުންނަ ފަޅޯ އަދި ފަތްކެޔޮ ކަހަލަ ގަސްތައް ވެއްޓި ދަނޑުބިންތައް ހަލާކު ވެއެވެ. ގަދަވަޔާއެކު ވިއްސާރަކުރުމުން ކަނޑުދަތުރުކުރުމަށް ހުރަސްއެޅި، މަސްވެރިންނާއި، ފެރީ ދަތުރުތަކަށް ބުރޫ އަރައެވެ.
ވިދުވަރާއެކު ގުގުރުން
ޖިއޮގްރަފީގެ ގޮތުން ރާއްޖެ އުފެދިފައިވާ ސަރަަޙައްދުގެ ގޮތުން އަހަރުތެރޭ ގިނަދުވަސްތަކެއްގައި ވިދާ ގުގުރައެވެ. އެހެންނަމަވެސް މޫސުމާއިބެހޭ ތަފާސް ހިސާބު ދައްކާ ގޮތުން އެޕްރީލް މަސްތެރޭގައި ގުގުރުން އެހެން މަސްތަކަށްވުރެ އިތުރެވެ. ވިދާ ގުގުރުމާއެކު ހޮނުއެޅުމުގެ ސަބަބުން ކަރަންޓް ސާމާނަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބެއެވެ. އަދި ރުއްގަހަށް ހޮނު އެޅުމުގެ ސަބަބުން އެފަދަ ގަސްތަކަށް ވެސް ބޮޑެތި ގެއްލުންތައް ދިމާވެއެވެ.
އުދައެރުން
ރާއްޖެއަށް އުދައަރަން މެދުވެރިވަނީ މައިގަނޑު ގޮތެއްގައި ޓައިޑަލް ވޭވް، ސުވެލް ވޭވް އަދި ވިންޑް ވޭވް ގެ ސަބަބުންނެވެ. މަދު ފަހަރެއްގައި ސްޓޯރމް ސަރޖް ( ތޫފާނުން އުފައްދާ ބިޔަ ރާޅު) ގެ ސަބަބުންވެސް އުދައަރައެވެ. ރާއްޖޭގެ ރަށްތަކަށް ތިރިވެފައި، ހޭޅިފަށް ތުނިވެ، ގަސްތައް މަދުވުމާއި ގުޅިގެން އުދައިގެ ލޮނުގަނޑު ރަށުގެ މީހުން ދިރިއުޅޭ ހިސާބަށް ފަސޭހައި ފެތުރިގެންދާ ޙާލަތަތައް އާދެއެވެ. މިފަދަ ޙާލަތްތަކުގައި އާންމު ދިރިއުޅުމަށާއި އެއްގަމު ދަތުރުފަތުރަށް ބުރޫ އަރައި ދަނޑުބިންތައް ހަލާކުވާން މެދުވެރި ވެއެވެ.
ތޫފާނުގެ
މިސަރަޙައްދުގައި އުފެދޭ ތޫފާނުތައް ރާއްޖޭގެ ސަރަޙައްދު ހުރަސްކުރަނީ މަދު ފަހަރެއްގައެވެ. އެހެންނަމަވެސް ބަންގާޅު ކަނޑާއިި އަރަބި ކަނޑު އަދި ދެކުނު އިންޑިޔާކަނޑުގައި އުފެދޭ ތޫފާން ތަކުގެ އަސަރު ރާއްޖެއަށް ކުރެއެވެ. ޚާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މީގެ އަސަރު ބޮޑަށް ކުރެއެވެ. ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ބުރޫ އަރާ ޙާލަތްތައް އާދެއެވެ. އަދި ވައިގަދަވުމާއި ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑުދަތުރު ކުރުމަށް ހުރަސްއެޅިގެންވެސް ދެއެވެ. މީގެ އިތުރުން ތޫފާނުން އުފައްދާ ބޮޑެތި ރާޅުތަކުގެ ސަބަބުން އުދައެރުމުގެ ހާދިސާތައްވެސް ކުރިމަތިވެއެވެ.