ޢާންމު މޫސުން

އާންމު މޫސުން

ރާއްޖެއަށް އަންނަނީ މައިގަނޑު ދެމޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. އާންމުކޮއް ރާއްޖެއަށް ބޮޑައް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.

ކުލައިމެޓް ރިޕޯޓް

މަހަކު އެއްފަހަރު ނެރޭ ކުލައިމެޓް ރިޕޯޓުގައި ހިމަނާލެވިފައިވާނީ ރާއްޖޭގެ ރާއްޖޭގެ 5 ސަރަޙައްދަކުން އެއްކުރެވޭ މޫސުމީ ޑޭޓާތަކަށްބަލައި ޢާންމުކޮށް މިދުވަސްވަރު މޫސުންއޮންނަގޮތާއި އެމަހެއްގައި އެއްކުރެވުނު މޫސުމީ ޑޭޓާއާއި އަޅާކިޔާ ފާހަގަ ކުރެވޭ ބައެއްކަންތައްތަކެވެ.

އިތުރަށް ވިދާޅުވުމަށް

ފިނިހޫނުމިން

ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު ކަމުގައި ވުމުން ފިނިހޫނުމިނަށް ދުވަހުގެ ތެރޭގެ އަންނަނީ ކުޑަ ބަދަލުތަކެވެ. އާންމު ގޮތެއްގައި ދުވަހުގެ ފިނިހޫނުމިން އުޅެނީ 25 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސް ދޭތެރޭގައެވެ. އަހަރުގެ ދުވަސްތަކަށް ބަލާއިރު މާރިޗު، އެޕްރީލް އަދި މޭ (އިރުވައި މޫސުން) މަހުގެ ދުވަސްތަކުގައި އެހެން މަސްތަކާ އަޅާބަލާއިރު ހޫނުގަދައެވެ. ރާއްޖޭގައި އެންމެ މަތިން ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 19 މެއި 1991 ގައި ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީހުގައެވެ، އެއީ 36.0 ޑިގްރީ ސެލްސިއަސް އެވެ. ރާއްޖޭގެ ފިނިހޫނުމިން އެންމެ ދަށަށް ދިޔަކަމަށް ރެކޯޑުކުރެވުނީ 18.2 ޑިގްރީ ސެލްސިއަސްއަށް 23 ޑިސެމްބަރު 2002 ގައި ހދ.ހަނިމާދޫ މެޓް އޮފީހުގައެވެ.   

ވާރޭ

މިގުރާފުން ދަައްކައިދެނީ އަހަރުތެރޭ އެވަރެޖްކޮށް ރާއްޖޭގެ ތިންސަރަހައްދުގައި ވާރޭވެހޭ މިންވަރެވެ. އިރުވައި މޫސުމާއި ހުޅަނގު މޫސުމުގައި ވާރޭވެހޭ މިންވަރުގެ ތަފާތު ފެނިގެންދެއެވެ. ރާއްޖޭގެ ތިންސަރަހައްދަށް ބަލާއިރު ދެކުނަށް ނިސްބަތްވާ އަތޮޅުތަކަށް އުތުރަށް ވުރެ ގިނައިން ވާރޭވެހެއެވެ. އެވަރެޖްކޮއް ދެކުނަށް އަހަރަކު 2218، މެދުރާއްޖެތެރެއަށް 1966 އަދި އުތުރަށް 1779 މިލިމީޓަރުގެ ވާރޭވެހެއެވެ.  މިހާތަނައް ރާއްޖެއަށް 24 ގަޑިއިރު ތެރޭ އެންމެ ބޯކޮއް ވަރޭވެހުނު ކަމައް ރެކޯޑު ކުރެވުފައި ވަނީ 24 ނޮވެމްބަރު 2015 ގައި އަޑޫސިޓީ ގަމުގެ މެޓްއޮފީހަށް 228 މިލިމީޓަރެވެ. ރާއްޖޭގައި އޮންނަ ކުލައިމެޓްގެ ސަބަބުން އާންމުގޮތެްގައި ދިގުދެމުގެންދާ ގޮތަކަށް މެދުނުކެނޑި މާގިނައިރު ވާރޭނުވެހެއެވެ.

އަވިދޭމިންވަރު

 

ރާއްޖެއޮއްނަ ސަރަހަދުގެ ގޮތުން މުޅިއަހަރުތެރޭ ނިސްބަތުން އަވިދޭ މިންވަރު ގިނައެވެ. މި ގުރާފުން ދައްކާދެނީ އެކި މޫސުންތަކުގައި ރާއްޖޭގެ 3 ސަރަޙައްދަކަށް އަވިދޭ މިންވަރެވެ. އެގޮތުން  އިރުވައިމޫސުމުގެ ދުވަސްތަކު ހުޅަނގުމޫސުމުގެ ދުވަސްތަކާ އަޅާބަލާއިރު ރާއްޖޭގެ ހުރިހާހިސާބަަކަށްވެސް އަވިދޭމިންވަރުގިނައެވެ. އެގޮތުން އިރުވައި މޫސުމުގެ ދުވަސްތަކުގައި އެވަރެޖްކޮށް ދުވާލަކަށް 10-11 ގަޑިއިރާދެމެދަށް އަވިދޭއިރު ހުޅަނގުމޫސުމުގެ ދުވަސްތަކުގައި އަވިދެނީ އެވަރެޖްކޮށް 7-9 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ.