ތާރީޚުގެ ތެރެއިން


  • 1942

     ދިވެހިރާއްޖޭގައި މޫސުމާއި ބެހޭ ޚިދުމަތްތައް ފެށިގެން ދިއުން.

     ވަކި މުވައްސަސާއެއްގެ ދަށުން ޚިދުމަތްތައް ދެވެން ފެށުން، ކަސްޓަމްސް ގެ ދަށުން އަދި ބޮޑުވަޒީރުގެ އޮފީހުގެ ދަށުން ޙިދުމަތްތައް ދޭން ފެށިގެން ދިއުން.

  • 1968

    މޫސުމާއި ބެހޭ ޑޭޓާތައް ރެކޯރޑް ކުރެވެން ފެށުން.

    ޑޭޓާ ތަކުގެ ތެރޭގައި ފިނިހޫނުމިން، ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭ ވެހުނު މިންވަރު.

  • 1973

    މޫސުމާއި ބެހޭ ޑޭޓާތައް ރެކޯރޑްކޮށް ޓްރާންސްމިޓް ކުރުމަށްޓަކައި ތިއޮޑްލައިޓް، އޯޕެން ސްކޭލް ބަރޯގްރާފް އަދި މަރކޯނި ސިންގަލް ސައިޑް ބޭންޑްގެ ރޭޑިއޯ ސެޓް  ބެހެއްޓުން.

  • 1974

    މާރިޗު 1: ބައިނަލްއަޤްވާމީ ފެންވަރަށް މެޓް ރިޕޯރޓްތައް ތައްޔާރު ކުރަން ފެށުން، ސިނަޕްޓިކް ރިޕޯރޓްތައް ތައްޔާރު ކުރަން ފެށިގެން އައީ ހެނދުނު 08:00 އަދި ހަވީރު 05:00ގައި.

    އޮގަސްޓު 1: އެއަރޕޯރޓް އޮފީހުގެ ދަށުން މީީޓިއޮރޮލޮޖިކަލް ސެންޓަރެއް ޤާއިމް ވެގެން ދިޔުން.

    ކޮންމެ ދުވަހަކު ފަތިހު 05:00އިން ރޭގަނޑު 09:00އާއި ދެމެދުގެ މެޓާ އަދި ސިނަޕްޓިކް ރިޕޯރޓްތައް ތައްޔާރު ކުރަން ފެށުން. ދުވާލަކު 1 ފަހަރު އަޕަރ އެއަރ އޮބްޒަވޭޝަން ތަައްޔާރު ކުރަން ފެށުން.

  • 1975

    އިގިރޭސިން ގަމުން ފެއިބުމުން، ގަމުގެ މެޓްއޮފީސް އެއަރޕޯރޓް އޮފީހުގެ ދަށަށް ބަދަލުވުން

  • 1976

     އޮގަސްޓު 1 : 24 ގަޑިއިރު ސިނަޕްޓިކް ރިޕޯރޓްތައް ތައްޔާރު ކުރާ ގޮތަށް ހަމަޖެހިގެން ދިއުން.

    ކޮލަމްބޯ އާއި މެޓްއޮފީހާއި ދެމެދު އެސްއެސްބީ މެދުވެރިކޮށް މުވާސަލާތީ ގުޅުން ޤާއިމް ވެގެން ދިއުން. މިވަޞީލަތް ބޭނުން ކޮށްގެން ކޮލަމްބޯގައި ތައްޔާކުރާ ފޯކާސްޓްތައް މެޓްއޮފީހަށް ފުނުވަން ފެށުން. 

  • 1978

     ޖޫން 1 : ދުނިޔޭގެ މޫސުމާއި ބެހޭ ޖަމްޢިއްޔާގެ މެމްބަރަކަށް ދިވެހިރާއްޖެވުން.

  • 1980

     ޖުލައި 1 : މިނިވަން މުވައްސަސާއެއްގެ ގޮތުގައި، ސީދާ ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުން،  ރައީސުލްޖުމަޙޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބުދުލްޤައްޔޫމް، ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީ އުފެއްދުން.

     އޮގަސްޓް 1 : ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރ އުފައްދައި އެތަނުގެ މަސައްކަތް 24 ގަޑިއިރު ހަފުތާއަކު 7 ދުވަހު ކުރާގޮތަށް ހަމަޖެހިގެން ދިއުން. 

     

  • 1982

    ޖޫން 21 : އެސްކެޕް / ޑަބުލިޔު.އެމް.އޯ (އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯރ އޭޝިއާ އެންޑް ދި ޕެސިފިކް/ ވޯލްޑް މީޓިއޮލރޮލޮޖިކަލް އޯގަނައިޒޭޝަން)  ގެ ޕެނަލް އޮން ޓްރޮޕިކަލް ސައިކްލޯންގެ މެމްބަރަކަށް ދިވެހިރާއްޖެ ވުން.

  • 1983

    ޖެނުއަރީ 27 : ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރގައި  24 ގަޑިއިރު މެޓް ރިޕޯރޓްތައް ތައްޔާރު ކުރަން ފެށުން.

  • 1984

    އިންޑިޔާގެ މީޓިއޮރޮލޮޖިސްޓު، އެމް.އެސް.ސިންގްގެ  އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ފޯކާސްޓް ތައްޔާރު ކުރެވެން ފެށުން.

    މާރިޗު 10 : ދުނިޔޭގެ އެހެން ޤައުމުތަކުން ފުނުވާ މެޓާ، ސިނަޕް، ޓެފް، ސިގްމެޓް އަދި ވެދަރ ވަރނިންގްތައް ޕްރިންޓު ކުރުމަށްޓަކައި، ޖަރުމަން ސަރުކާރުގެ އެހީގެ ދަށުން، ފުރަތަމަ ފަހަރަށް ރޭޑިއޯ ޓެލެޕްރިންޓަރެއް ބެހެއްޓިގެން ދިއުން.

    އެކި އުސްމިނުގެ ވަޔާއި ޕްރެޝަރ ބެލުމަށް، ފްރެންޗް ސަރުކާރުގެ އެހީގެ ދަށުން، ފެކްސިމިލިޓީ ރިކޯޑަރ އެއް ހަރުކުރެވިގެން ދިއުން.

  • 1985

    މާރިޗު 23 : ގަމުގެ މެޓްއޮފީހުގެ މަސައްކަތްތައް 24 ގަޑިއިރު، ހަފުތާއަކު 7 ދުވަހު ކުރާ ގޮތަށް ހަމަޖެހިގެން ދިއުން.

    ޔުނިވާރސިޓީ އޮފް ހަވާއީ ސީލެވެލް ސެންޓަރާއި ގުޅިގެން ހުޅުލޭގައި ޓައިޑްގޭޖެއް ހަރުކެރެވުން.

  • 1986

    ޖޫން: ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ފޯކާސްޓަރ އަލީ ޝަރީފްއާއި ޢަބުދުލް މުޙުސިން ރާމިޒް އާއި ދެބޭފުޅުން ފޯކާސްޓް ތައްޔާރުކޮށް ފުނުވަން ފެށުން.

    ޑިސެންބަރު 9 : ލ.ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީސް ހުޅުވުން.

  • 1987

    ރާއްޖެތެރޭގައި ޤާއިމް ކުރެވިފައިވާ މީޓިއޮރޮލޮޖިކަލް އޮފީސްތަކާއި ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރާއި ދެމެދު މުވާސަލާތީ ގުޅުން ޤާއިމް ކުރުމަށްޓަކައި ޑީއީބީޖީ ރޭޑިއޯ ޓެލެފޯން ސިސްޓަމެއް ޤާއިމް ކުރުން.

    ޔުނިވާރސިޓީ އޮފް ހަވާއީ ސީލެވެލް ސެންޓަރާއި ގުޅިގެން ގަމުގެ ހާބަރުގައި ޓައިޑްގޭޖެއް ހަރުކެރެވުން.

  • 1990

    އޮކްޓޫބަރު 27 : ހދ.ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީސް ހުޅުވުން.

  • 1991

    ޖަނަވަރީ: ފޯކާސްޓް ތައްޔާރު ކުރުމާއި ޑޭޓާ އެނަލައިސް ކުރުމަށްޓަކައި "އެފްޑޮސް" ސިސްޓަމެއް ހަރުކުރެވުން.

  • 1992

    މާރިޗު: އިންސެޓް ސެޓެލައިޓުގެ ރިސީވިންގ ސިސްޓަމެއް ހަރުކުރެވުން، މިސިސްޓަމް ވަނީ މިއަހަރު ޖޫން މަހުގައި އަޕްގްރޭޑް ކުރެވިފައި.

    ޔުނިވާރސިޓީ އޮފް ހަވާއީ ސީލެވެލް ސެންޓަރާއި ގުޅިގެން ހދ.ހަނިމާދޫގައި  ޓައިޑްގޭޖެއް ހަރުކެރެވުން.

     

  • 1993

    ނޮވެމްބަރު 11 : މިނިސްޓްރީ އޮފް ޕްލޭނިންގ ހިއުމަން ރިސޯސެސް އެންޑް އެންވަޔަރމަންޓުގެ ދަށަށް ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީ ބަދަލުކުރުން.

    ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުގައި، ފިޒިކަލް އޯޝަންގްރަފީ އެންޑް ސިސްމޮލޮޖީގެ މަސައްކަތްތައް ފެށިގެން ދިއުން.

    ޑިސެންބަރު 11 : ގދ.ކާޑެއްދޫ މީޓިއޮރޮލޮޖިކަލް އޮފީސް ހުޅުވުން.

    ވެދަރ ޗާޓް ޕްރިންޓް ކުރެވޭގޮތަށް އެފްޑޮސް ސިސްޓަމް އަޕްގްރޭޑް ކުރެވުން.

  • 1996

    ނޮވެމްބަރު 29 : ސޭޑިސް، ސެޓެލައިޓް ޑިސްޓްރިބިއުޝަން ސިސްޓަމް ހަރުކުރެވުން.

  • 1997

    އެފްޑޮސް ސިސްޓަމް އަޕްގްރޭޑް ކުރުން.

  • 1998

    ނޮވެންބަރު 11 : މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އެންޑް އެންވަޔަރމަންޓުގެ ދަށުން ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީ ހިންގަން ފެށުން.

  • 2004

    ޑިސެންބަރު 26 : އިންޑިޔާ ކަނޑަށް ސުނާމީއެއް އައުން.

     

  • 2005

    ބިންހެލުން މޮނީޓަރ ކުރުމަށްޓަކައި ކެލިފޯނިއާ އިންޓަރގްރޭޓެޑް ސިސްމިކް ނެޓްވޯކް ( ސީ.އައި.އެސް.އެން) ޤާއިމް ކުރުން. 

    އެޕްރީލް: އެމްއެންޑީއެފް، ޕޮލިސް، ޓީވީއެމް، ވީއޯއެމް އަދި އެންޑީއެމްސީ އާއި ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރާއި ދެމެދު ހޮޓްލައިން ޤާއިމް ކުން.

    މާރިޗު 21 : ޖީޓީއެސް ސޮފްޓްވެއަރ އަޕްގްރޭޑް ކުރުން.

    މެއި 15 :ފޯކާސްޓް ތައްޔާރު ކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ވެދަރ މޮޑެލް (އެމްއެމް5) ރަން ކުރަން ފެށުން.

     ޖޫން 1 : ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ދަށުން މޯލްޑިވްސް ކްލައިމެޓް އޮބްޒަވޭޓަރީ ހިންގަން ފެށުން.

    އޮގަސްޓް 7 : މެޓް އޮފީހުން ތައްޔާރު ކުރި ރިއަލްޓައިމް އާރތް ކްއޭކް ޑިސްޕްލޭ ސިސްޓަމް (ރެޑްސް) ބޭނުން ކޮށްގެން ދުނިޔޭގެ އެކިހިސާބުތަކަށް އަންނަ ބިންހެލުން ވަގުތުން ވަގުތަށް ބެލުން. އަދި މިސިސްޓަމް ބޭނުން ރާއްޖޭގެ ޓައިޑް ސްޓޭޝަންތަކުގެ ޑޭޓާ ވަގުތުން ވަގުތަށް މޮނީޓަރކޮށް ބެލޭނެ އިންތިޒާމް ހަމަޖެހުން.

    ނޮވެންބަރު 11 : ފުރަތަމަ ފަހަރަށް މީޓިއޮރޮލޮޖިކަލް ފޯކާސްޓަރުން، މެޓްއޮފީހުގެ ސުޓޫޑިއޯގައި ވީޑިއޯގެ ޒަރީޢާއިން މޫސުން ކުރިއަށް ލަފާކުރާގޮތް ރެކޯޑް ކޮށް ޓީވީއެމަށް ފުނުވަން ފެށުން. 

  • 2006

    މެއި 30 : ހަނިމާދޫ، ހުޅުލެ އަދި ސ.ގަމުގައި ހަރުކުރެވިފައިވާ ޓައިޑްގޭޖްތައް، ވޭވް ރާޑަރ ސެންސަރ އަދި ޕްރެޝަރ ސެންސަރުތައް އިތުރުކޮށް އަޕްގްރޭޑް ކުރުން.

  • 2007

    ޑޮޕްލަރ ވެދަރ ރާޑަރ ސިސްޓަމް ހަރުކުރުން.

    ފުރތަމަ ފަހަރަށް ރާއްޖޭގެ އެކިސަރަޙައްދުގައި އޮޓަމެޓިކް ވެދަރ ސްޓޭޝަންތައް ހަރުކުރުން.

    އެޕްރީލް 7 : އަރލީ ވަރނިންގ އަދި އެޑްވައިޒަރީ މެސެޖް ލިބޭނެ ގޮތަށް ޖީޓީއެސް އަޕްގްރޭޑް ކުރުން.

    ނޮވެންބަރު 1 : ހދ.ހަނިމާދޫ އަދި ލ.ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީހުން 24 ގަޑިއިރު މަސައްކަތް ކުރަން ފެށުން.

    ޑިސެންބަރު 20 : ޓައިޑް ގޭޖްތައް އަޕްގްރޭޑް ކުރުން.

    ޑިސެންބަރު: ބިންހެލުން މޮނީޓަރ ކުރުމަށްޓަކައި، ހަނިމާދޫއާއި ކާޑެއްދޫގައި ބްރޯޑްބޭންޑް ސިސްމޯމީޓަރ ހަރުކުރުން.

  • 2008

    ވަގުތުން ވަގުތަށް އަންނަ ބިންހެލުންތައް މޮނީޓަރ ކުރުމަށްޓަކައި "ސިސްކޮމްޕް" ސިސްޓަމް ހަރުކުރުން.

    މެއި 1 : ގދ.ކާޑެއްދޫ މީޓިއޮރޮލޮޖިކަލް އޮފީހުން 24 ގަޑިއިރު އޮބްޒަރވޭޝަންތައް ހަދަން ފެށުން.

    ޑިސެންބަރު 18 : ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ނަން މޯލްޑިވްސް މީޓީއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް)ގެ ނަމަށް ބަދަލުވުން.

     މޯލްޑިވްސް ކްލައިމެޓް އޮބްޒަވޭޓަރީއާއި ފިޒިކަލް އޯޝަންގްރަފީގެ އެންމެހައި މަސައްކަތްތައް އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ ( އީޕީއޭ)ގެ ދަށަށް ބަދަލުވުން.

    މިކަޕްސް ސިސްޓަމް ބެހެއްޓުން. 

  • 2009

    ސެޕްޓެންބަރު 1 : ޓައިޖްގޭޖްތައް އަޕްގްރޭޑް ކުރުން ( އައު ޕަވަރަސިސްޓަމާއި، ޕްރެޝަރ ސެންސަރާއި އަދި ވޯޓަރ ލެވެލް ސްވިޗް ހިމެނޭހެން).

    ޑިސެންބަރު 14 : ސިސްމިކް ސްޓޭޝަންތައް އަޕްގްރޭޑް ކުރުން ( މުވާސަލާތީ ބެކަޕެއްގެ ގޮތުގައި ބީޖޭން ސިސްޓަމް ހަރުކުރުން، ސްޓޭންޝަންތަކުގެ ޑޭޓާ އޮންލައިންކޮށް މޮނީޓަރ ކުރުމަށްޓަކައި ޓީއީ ބޮކްސް ހަރުކުރުން).

  • 2010

    ޑޯރިސް (ޑޮޕްލަރ އޯބިޓަރީ އެންޑް ރާޑަރ ޕޮސިޝަނިންގ އިންޓަރގްރޭޓެޑް ބައި ސެޓެލައިޓް) އަޕްގްރޭޑް ކުރުން. އައު ސެޓެލައިޓް މުވާސަލާތީ ވަޞީލަތްތައް ޤާއިމްކުރުން.

  • 2011