2025 އޮގަސްޓު މަހު ރާއްޖޭގެ އުތުރުގެ އެކިހިސާބުތަކަށް ވާރޭވެހޭނީ އާންމުކޮށް މިދުވަސްވަރު ވާރޭވެހޭ މިންވަރަށެވެ. އުތުރުގެ ބައެއް ރަށްތަކަށް އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް އިތުރަށް ވާރޭވެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައިވެސް އެވްރެޖު ފިނިހޫނުމިން، އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް ލަފާ ކުރެވެއެވެ.