2026 މާރިޗު މަހުގެ މޫސުން ކުރިއަށް ލަފާކުރެވޭގޮތް

ހުކުރު, 27 ފެބްރުއަރީ 2026

2026 މާރިޗު މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ވާރޭވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުންނެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވާރޭވެހޭ މިންވަރަަށް ވުރެ މަދުންނެވެ. ފިނިހޫނުމިނަށް ބަލާއިރު، މާރިޗު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެމިންވަރާއި އެންމެ ދަށަަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް ލަފާކުރެވެއެވެ.

ތަފުސީލު ރިޕޯޓް ބެއްލެވުމަށް