"ޔޫ.އެން އެސްކޭޕް" ކާރިސީ ހިރާސް ކުޑަކުރުމަށް މަސައްކަތްކުރާ ކޮމިޓީގެ 7 ވަނަ ބައްދަލުވުން.
އޮގަސްޓް 25 ން 27 އަށް ކުރައަށްދާ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ އޮނަރަބަލް ސްޓޭޓް މިނިސްޓަރ ފޯ ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ޚަދީޖާ ނަސީމު އެވެ. ރައިމްސް އިން މިސަރަޙައްދުގެ ގައުމުތަކުގެ ތަރައްގީއަށާއި ކާރިސީ ހިރާސް ކުޑަކުރުމަށް ހިންގާ އެކިޕްރޮޖެކްޓްތައް ހިންގުމަށްޓަކައި "ރައިމްސް" ގެ ސެކްރެޓޭރިއެޓް ގެ ހައިސިއްޔަތުން އެކަމަނާ ވަނީ "ޔޫ.އެން އެސްކޭޕް" އާއި އެކު އެއްބަސްވުމެއްގައ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ކާރިސީ ހިރާސް ކުޑަކުރުމަށް "ރައިމްސް" އިން ކުރަމުންދާ މަސައްކަތްތަކުގައި "ޔޫ.އެން އެސްކޭޕް" ގެ އެހީތެރިކަން ލިބިގެންދާނެއެވެ.
ރީޖަނަލް އިންޓަގްރޭޓަޑް މަލްޓިހަޒާޑް އާރލީ ވޯނިންގް ސިސްޓަމް ފޯ އެފްރިކާ އެންޑް އޭޝިޔާ (RIMES) އަކީ 2004ވަނަ އަހަރުގެ ބޮޑު ސުނާމީ ކާރިސާއަށްފަހު UNESCAP ގެ މާލީ އެހީގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިސްވެ އުފެއްދި އިންޓަރ ގަވަމެންޓަލް ޖަމިއްޔާއެކެވެ. ރައިމްސްގެ މައިގަނޑު މަސައްކަތަކީ މެންބަރު ގައުމުތަކަށް ބިންހެލުމާއި ސުނާމީގެ އެކިއެކި ސާރވިސް ދިނުމާއި، މޫސުމާ، ފެނާ، ކަނޑާ ގުޅުންހުރި ހާދިސާތަކަށް ދުރާލާ އިންޒާރު ދިނުމާއި، މިދާއިރާގެ މީހުން ބިނާ ކުރުމާއި، އިންސްޓިޓިއުޓްތައް ތަރައްގީކުރުމަށް އެހީވުމެވެ. ރައިމްސްގެ މެންބަރ ގައުމުގެ ގޮތުގައި މިހާރު ދިވެހިރާއްޖޭގެ އިތުރުން 21 ގައުމު ވެއެވެ. 30 އޭޕްރިލް 2009 ގައި ރައިމްސް އުފެދުނީއްސުރެ މިހާތަނަށް، ހުރިހާ މެންބަރުންގެ ނިންމުމާއެކު، މިޖަމިއްޔާގެ ސެކެރެޓޭރިއެޓް ބަލަހައްޓަމުން ދަނީ ދިވެހިރާއްޖެ އިންނެވެ.
ރައިމްސްގެ މައިގަނޑު މަސައްކަތްތައް ކުރަނީ ކަމުގެ ތަޖުރިބާހުރި މާހިރުން ހިމެނޭގޮތަށް އެކުލަވާލައިފައިވާ ރައިމްސް ޕްރޮގްރާމް އޮފީސް ޔުނިޓު ގައެވެ. މިޔުނިޓު ހުންނަނީ ތައިލެންޑުގެ އޭޝިއަން އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ ކެމްޕަސްގައެވެ. ރައިމްސްވަނީ މިހާތަނަށް ޔޫއެންގެ ތަފާތު އެޖެންސީތަކާއި މޫސުމާބެހޭ ބޮޑެތި އޮފީސްތަކާއިވެސް ގުޅިގެން އެކިއެކި ޕްރޮޖެކްޓްތައް ހިންގާފައެވެ. އޭގެ ތެރޭގައި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަންWMO) އާއިUNESCAP) ، އަދި އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް، ޔޫ. ކޭ މެޓު އޮފީސް އަދި ޔޫރަޕިއަން ސެންޓަރ ފޯ މީޑިއަމް ރޭންޖު ވެދަރ ފޯކާސްޓިން ހިމެނެއެވެ.