މިއަހަރު (2021) ސެޕްޓެމްބަރުގައި އުތުރު އަތޮޅުތަކަށް މިދުވަސްވަރު އާންމުކޮށް ވެހޭވަރަށްވުރެ ކުޑަތަންކޮޅެއް އިތުރަށް ވާރޭ ވެހޭނެކަމަށް ލަފާކުރެވެއެވެ. މެދެރާއްޖެތެރޭގެ އަތޮޅުތަކަށް މިދުވަސްވަރު އާންމުކޮށް ވެހޭވަރަށް އަދި ދެކުނު އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ މަދުވުން އެކަށީގެން ވެއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށް ވުރެ މިމަހު ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާކުރެވެއެވެ.