މިއަހަރު (2021) އޮކްޓޫބަރުގައި ވާރޭ ވެހޭ މިންވަރު މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ ކުޑަކޮށް މަދުވާނެކަމަށް ލަފާކުރެވޭ. ނަމަވެސް އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވާރޭވެހޭނެ ކަމަށް ބެލެވޭ. މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށް ވުރެ މިމަހު ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާ ކުރެވެއެވެ.