މިއަހަރު (2022) ޖޫންގައި ދެކުނުގެ ބައެއްއަތޮޅުތަކަށް ވެހޭ ވާރޭ އާންމުކޮށް ވެހޭވަރަށްވުރެ މަދުވުން އެކަށީގެން ވޭ. އަދި އެހެން އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވޭ.
މިދުވަސްވަރު ފިނިހޫނުމިން އުތުރުއަތޮޅުތަކުގައި އާންމު މިންގަޑުގައި ހުންނާނެކަމަށް ބެލެވޭ. ނަމަވެސް އެހެން ހިސާބުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާ ކުރެވޭ