މިއަހަރު (2022) ސެޕްޓެމްބަރުގައި އުތުރު އަތޮޅުތަކަށް ވެހޭ ވާރޭ، އާންމުކޮށް ވެހޭވަރަށްވުރެ އިތުރު ވާނެކަމަށް ބެލެވޭ. އަދި މެދުރާއްޖެތެރޭ ބައެއް އަތޮޅުތަކަށް އާންމު މިންގަނޑުގައި ހުންނާނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އެހެން ހިސާބުތަކަށް ވެހޭވަރަށްވުރެ މަދުވުން އެކަށީގެން ވޭ.
މިދުވަސްވަރު ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ އަދި ދެކުނު އަތޮޅުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވުން އެކަށީގެން ވޭ.