އދ. ގެ ކުލައިމެޓް އެމްބިޝަން ސަމިޓް ގައި ވާހަކަދައްކަވަމުން ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ އުފެއްދެވިކަމަށްޓަކައި ޝުކުރު ދަންނަވަމުން މިނިސްޓަރ އޮފް ސްޓޭޓް، ޚަދީޖާ ނަސީމް ވިދާޅުވީ ރާއްޖެއަކީ މި ފެސިލިޓީގެދަށުން ފުރަތަމަ އެހީތެރިކަން ލިބޭ ޤަްުމުތަކުގެ ލިސްޓުގައި ހިމެނިފައިވާ ޤައުމެއްކަމާއި މީގެ ސަބަބުން މިސަޙައްދުގެ މޫސުން ދެނެގަތުމުގެ ޤާބިލްކަން އިތުރުވެ ދުރާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.