މޫސުމާބެހޭ އޮފީހުގެ އައު ވެބްސައިޓު ގެ ތަޢާރަފު
ރާއްޖޭގެ މޫސުމާބެހޭ މަޢުލޫމާތު ފަސޭހައިން ބަލައިލެވޭނެހެން ފަރުމާކުރެވިގެން މޫސުމާބެހޭ އޮފީހުގެ ވެބްސައިޓްގެ ފެންވަރުމަތިކޮށް، ދިވެހިބަހާއި އިނގިރޭސިބަހުން ގިނަބަދަލުތަކަކާއެކު ވެބްސައިޓުގެ ބީޓާ-ވާޝަން މިވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ. ޓެބްލެޓާއި މޮބައިލް ފޯނުގައި ވެސް ފަސޭހައިން ބައްލަވާލެވޭ ގޮތައް ފަރުމާކުރެވުނު ވެބްސައިޓުގެ ފުރަތަމަ ޞަފްޙާއިން، ރާއްޖޭގެ 5 ސަރަޙައްދަކަށް ކުރިއަށް އޮތް 3 ދުވަހުގެ މޫސުން ލަފާކުރެވޭގޮތް ފެނިވަޑައި ގަންނަވާނެއެވެ. ހދ. ހަނިމާދޫ، މާލެ، ލ. ކައްދޫ، ގދ. ކާދެއްދޫ އަދި ސ. ގަމުގެ ފިނިހޫނުމިނާއި ވާރޭވެހުނު މިންވަރު އަދި ވައިޖެހެމުންދާގޮތް ވަގުތުން ބަލައި ލުމުގެ އިތުރުން ހަމަ އެރިކޯޑުތަކަށް ފާއިތުވި 24 ގަޑިއިރުގެތެރޭ ގަޑިންގަޑިއަށް އައި ބަދަލުވެސް ފެނިވަޑައި ގަންނަވާނެ އެވެ. އަދި ހަމަ މި ތަންތަނުގެ މޫސުން ކުރިއަށް އޮތް 5 ދުވަހަށް ލަފާކުރެވޭގޮތްވެސް ކުރުގޮތަކަށް ފެނިވަޑައި ގަންނަވާނެ އެވެ. އެންމެފަހުގެ ސެޓެލައިޓް ފޮޓޯތަކުގެ އެނިމޭޝަނާއިއެކު އުތުރާއި މެދުރާއްޖެތެރެއާއި ދެކުނުގެ ދިޔަވަރު އޮންނާނެގޮތާއި އިރާއި ހަނދު އަރާ އޮއްސޭނެ ވަގުތުތަކުގެ މައުލޫމާތުވެސް ހުންނާނެއެވެ. އަދި އިންޑިޔާ ކަނޑު ގެ ސަރަޙައްދަށް އެންމެފަހުން އައިސްފައިވާ ބިންހެލުންތަކުގެ މަޢުލޫމާތުވެސް އަދާހަމަ ކުރެވެމުން ދާނެއެވެ.
<މޫސުން> ޓެބު ގެ ދަށުގައި <ނިމުތު> އަދި ރާއްޖޭގައި ޤާއިމުކުރެވިފައިވާ އޮޓޮމެޓިކް ވެދަރ ސްޓޭޝަން ތަކުން ލިބޭ މަޢުލޫމާތު ކޮންމެ 30 މިނެޓަކުން އަދާހަމަކުރެވޭނެއެވެ. "ނިމުތު" ނުވަތަ "މޫސުން ކުރިއަށް ލަފާކުރާގޮތް" <ނިމުތު> ޓެބް އިން ފެނިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ވައިގެ އުދުހުންތަކަށް ބޭނުންވާނެ މޫސުމާބެހޭ ރިޕޯޓުތަކާއި ފޯކާސްޓު ތައްވެސް އަދާހަމަ ކުރެވިފައި ވާނެއެވެ.
<ކުލައިމެޓް> ޓެބްގެ ދަށުން < ޢާންމު މޫސުން > ޓެބްއިން އަހަރުތެރޭގައި ޢާންމުކޮށް ރާއްޖޭގެ މޫސުން އޮންނަ ގޮތާބެހޭގޮތުން ބައެއް މުހިންމު މަޢުލޫމާތު ފެނިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ދުރުރާސްތާގެ މޫސުން ނުވަތަ ސީޒަނަލް ފޯކާސްޓްގެ ލިންކެއްވެސް މި ޕޭޖްގައި އިންނާނެއެވެ.
<ބިންހެލުން> މި ބައިން ފެންނާނީ ރާއްޖެ ހިމެނޭ ސަރަޙައްދަށް އެންމެ ފަހުން އައިސްފައި ވާ ބިންހެލުމާއި ބެހޭ އަދާހަމަ ކުރެވިފައިވާ މަޢުލޫމާތެވެ.
<ޢާންމު ހޭލުންތެރިކަން> ޓެބުން އެލާޓް މެސްޖްތައް ނެރެވޭ އަރައްކާތަކާއި އެ މެސްޖްތައް ނެރެވޭނެ ޙާލަތްތަކުގެ އިތުރުން ޢާންމުކޮށް ކުރެވޭ ބައެއް ސުވާލުތަކުގެ ޖަވާބުވެސް ހިމެނިފައި ވާނެއެވެ.
<އެލާރޓް> މޫސުމީ، ބިންހެލުން އަދި ސުނާމީ ސަމާލު/އިންޒާރު ނެރުމާއިއެކު ވެބްސައިޓުގެ ފުރަތަމަ ޕޭޖަށް އަރާނެއެވެ. އޭގެއިތުރުން މި ޓެބް އިންވެސް އެވަގުތަކު ނެރެފައި ވާ ހުރިހާ ސަމާލު/ އިންޒާރު ފެންނަން ހުންނާނެއެވެ. މި ވަގުތައް ނިސްބަތްވާ ސަމާލު/ އިންޒާރެއް ނެތްނަމަ އެލާޓް މެސްޖެއް ނެތްކަމަށް އިންނާނެއެވެ.
<މީޑިއާ> ޓެބްގެ ދަށުގައި އެންމެ ފަހުން ނެރެފައިވާ ޚަބަރާއި ޑައުންލޯޑްސް އަދި ފޮޓޯ ގެލަރީގެ ޓެބް ފެނިވަޑައި ގަންނަވާނެ އެވެ. ޑައުންލޯޑްސް ގައި އިން ޑޭޓާ ރިކްވެސްޓް ފޯމު މެދުވެރިކޮށް މޫސުމާބެހޭ ޑޭޓާ ހޯދުމަށް އެދިލެއްވެވޭނެއެވެ.
ޚާއްސަ ޝުކުރު:
ރާއްޖޭގައި ހުންނަ ޔޫ.އެން.ޑީ.ޕީ އޮފީހުގެ ޕުރޮގްރާމުތަކުގެތެރެއިން " ކާރިސީ ހިރާސް ކުޑަކުރުމާއި ބެލެހެއްޓުން އަދި ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމާއި މިދާއިރާއިން ޢާންމުރައްޔިތުން ހޭލުންތެރިކުރުމުގެ ޕުރޮގްރާމު" ގެދަށުން ކޮށްދެއްވި މިމަސައްކަތައް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަދި ވެބްސައިޓް ފަރުމާކޮށް ތައްޔާރު ކޮށްދެއްވި "ދަ ލޫޕް ކުރާފްޓް" ގެ މެނޭޖްމެންޓަށް ވެސް ޝުކުރު ދަންނަވަމެވެ.